2024 ވަނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނު ބުނާގޮތުގައި ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކުރިއަށްދާ އަހަރު ނިމުމުގެ ދެ މަސް ދުވަސްކުރިމް ހުށައަޅަންވާނެކަމަށެވެ. އެގޮތުން މިއަދަކީ ބަޖެޓު ހުށައަޅަންޖެހޭ އެންމެ ފަހު ދުވަހެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށައަޅާފައިވާކަމަށެވެ.

އެހެންނަމަވެސް މަޖިލީހަށް ބަޖެޓު އިއްވެވުމަށް ފިނޭންސް މިނިސްޓަރ ވަނީ މަޖިލީހަށް ވަޑައި ނުގަތުމަށް ނިންމަވާފައެވެ. އެއީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާކޮށްފައިވާތީއެވެ.

ސަރުކާރުން ވަނީ މިއަހަރަށް ސަޕްލިމަންޓްރީ ބަޖެޓެއްވެސް މަޖިލީހަށް ފޮނުވާފައެވެ. ނަމަވެސް އެ ބަޖެޓުގެ މަސައްކަތްތައްވެސް ކުރިއަށް ނުގެންދެވި ވަނީ މަޑުޖެހިފައެވެ.