މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ބައެއް ދާއިރާތަކަށް މެންބަރުން ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.

30 އޮކްޓޯބަރ އިން 13 ނޮވެމްބަރ އަށް ފުރުސަތު ހުޅުވާލަމަމުން އެ ޕާޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ހުސްވެފައިވާ 25 ދާއިރާއެއްގެ ބައި އިލެކްޝަނަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އައިޑީ ކާރޑް ކޮޕީ އަދި ވަނަވަރާއިއެކު 13 ނޮވެމްބަރ (ހޯމަ) ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕާޓީގެ އޮފީސް މއ. ކެލާވީ ފަސްޓް ފްލޯރއަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެކަމުގައެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އީމެއިލް ([email protected]) މެދިވެރިކޮށްވެސް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން މި މަގާމްތަކަށް ކުރިމަތި ލުމާއި ގުޅޭގޮތުން އެމްއެންޕީގެ އޮފީހުގެ ނަންބަރ 9708080 އާއި ގުޅުއްވުން މައުލޫމާތު ސާފުކޮށްދިނުމުގެ އިންތިޒާމްތައްވެސް އެ ޕާޓީން ވަނީ ހަމަޖައްސާފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްއިން ފުރަތަމަބުރު ކާމިޔާބު ކުރުމާއެކު، އެމްއެންޕީގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ގިނަ ބަޔަކުވަނީ އެޕާޓީ ދޫކޮށް ޕީޕީއެމްއަށް ސޮއި ކޮށްފައެވެ.