ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް)ގެ ފަރާތުން "ހެލްޕް ފަލަސްތީން" ނަމުގައި އިވެންޓެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި އިވެންޓު އޮންނާނީ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށެވެ. އިވެންޓް ކުރިއަށް ދާނޫ ބްރިޖް ވިއުވިގް ޕްލެޓްފޯމް (ނިއުޕޯޓް – ހެންވޭރު ރަޅުގަނޑު ސަރަޙައްދު)ގައެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ލާއިންސާނީ އަނިޔާވެރިކަމުގައި ހަނާވަމުންދާ ފަލަސްތީނީންނަަށް އެހީ ހޯދުމަށް ބާއްވާ އިވެންޓެެއް ކަމަށް ބީސީއެމް އިން ވަނީ ބުނެފައެވެ. އެ ގޮތުން މި ހަރަކާތުން އެއްކުރެވޭ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް މެދުވެރިކޮށް ކަމުގައި ބީސީއެމް އިން ބުނެފައިވެއެވެ.

"މި އިވެންޓްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ޖަމްބަލް ސޭލް، ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވިއްކުން، ފޭސް ޕެއިންޓިންގ އަދި ހީނާ އާޓް ހިމެނޭ، ޖަމްބަލް ސޭލްގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ބަދިގޭ ސާމާނު، އަންނައުނު، ސްޓޭޝަނަރީޒް އަދި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު ހިމެނޭ، މި ހުރިހާ ތަކެއްޗެއް ފޯރުކޮށްދީފައިވަނީ ބީ.ސީ.އެމްގެ ޢާންމު މެންބަރުން،" ބީސީއެމްއިން ބުނެފައިވެއެވެ.

މި އިވެންޓްގައި ބައިވެރިވުމުގެ ގޮތުން ވީހާވެސް ގިނަ ބަޔަކު އާއިލާއާއެކު ބްރިޖް ވިއުވިގް ޕްލެޓްފޯމްއަށް ވަޑައިގެންދެއްވުމަށް ބީ.ސީ.އެމްއިން އެދެއެވެ.