ހދ. ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެރަށުން ގެއްލިފައިވަނީ ލަންދޫގެ، އަބްދުﷲ އިބްރާހިމެވެ. އޭނާއަށް ވީނުވީއެއް ނޭނގިގެން ފުލުހަށް ރިޕޯޓުކޮށްފައިވަނީ ނޮވެމްބަރު ތިނެއްވީ ހުކުރު ދުވަހު އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ގެއިން ބޭރަށް ނުކުތް ގޮތަށް އޭނާގެ ޚަބަރެއް އާއިލާއަށް ވެފައެއް ނުވެއެވެ. އަބްދުﷲ އިބްރާހިމް ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

އަބްދުﷲ އިބްރާހިމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، 9904977 ނުވަތަ ކުޅުދުއްފުށި ފުލުހުންގެ ނަންބަރު 9791382 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.