އައްޑޫ ސިޓީ މަރަދޫ އަވަށުގެ ކުރީގެ ކައުންސިލަރު ފައިސަލް އިބްރާހީމް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިިފިއެވެ.
އޭނާ އެޕާޓީއަށް ސޮއިކުރިކަން ހާމަކޮށްފައިވަނީ ޕީޕީއެމުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިއެވެ.
އޭނާ ޕީއެންސީއާ ގުޅިވަޑައިގެންނެވީ އެ ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގެ ތެރެއިން ބޭއްވި ޖަލްސާއެއްގައެވެ.
ޕީއެންސީއަށް ސޮއިކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ. ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު, ފައިސަލްގެ މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަހީމާއެވެ.
ފައިސަލް ޕީއެންސީއާ ގުޅިވަޑައިގެންފައި މިވަނީ, ޕީޕީއެމްއިން އެއްވެސް މެމްބަރަކު ވަކިނުކޮށް ޕީއެންސީއަށް 10,000 މެންބަރުން ހަމަކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށްނެވެ.