ހޮނިހިރު ދުވަހުގެރޭ މާލޭގެ ދެ ސަރަހައްދެއްގައި މަރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ބޭންކޮއޮފް ސިލޯން ކައިރީގައި ކަމަށެވެ. އެކަމުގެ ރިޕޯޓުގެ ފުލުހަށް ކޮފައިވަނީ 21:46 އެހައިކަންހާއިރު އެވެ.

ދެވަނަ މާރާމާރީ ހިންގާފައިވަނީ ހެންވޭރު ގެއެއްގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ މާރާމާރީގެ ރިޕޯޓު ފުލުހަށް ކޮށްފައިވަނީ 22:34 އެހައިކަންހާއިރު އެވެ.

މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ.

މި މަރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މާރާމާރީ ހިންގާފައިވަނީ ކޮންބައެއް ކަމެއްވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ދެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައި ވެއެވެ.