ކޮލެސްޓްރޯލް ދަށްކޮށްލައެވެ. ބަނޑުހަރުވުމުގެ މައްސަލައާއި ވައިގެ މައްސަލަ ހައްލުކޮށްދެއެވެ. ހިތާއި ބަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްލަައެވެ. ބަނޑުހައިވުމުން ދުރުކޮށްލަދީ ގިނައިން ފައިބަރ ހުންނަ ފައިބަރަށް ހާއްސަ ބާވަތެކެވެ.
ފައިބަރ ހަޖަމުކުރަން ގިނަ ވަގުތު ނަގާއިރު އޭގެއިން ހިތްހަމަޖެހުން ލިއްބައިދެއެވެ. އަދި މިއީ ބަރުދަން ލުއިކޮށްދީ ހަކުރު ބަލި ނުވަތަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ.
ކިތަންމެ ކުދިކުދިކޮށް ހުއްޓަސް މައްސަލައެއް ނެތްތާއެވެ. ބޭނުން ހިފޭ މިންވަރު ބޮޑެވެ. ލިބޭ ފައިދާތައްވެސް ބޮޑެވެ. މިއީ ނިއުޓްރިއަންޓްސް އިން މުއްސަނދި ކަމަށް މަޝްހޫރު ބާވަތެކެވެ. ޒަމާނުއްސުރެ ސިއްހީ ގޮތުން ލިބޭ ފައިދާތައް ގިނަ ކަމަށް މަޝްހޫރު ޗިއާ ސީޑްގެ އެންމެ ކަމުދާ ފައިދާއެއްކަމަށް ގިނަ މީހުން ގަބޫލު ކުރަނީ ބަރުދަން ލުއިކޮށް އެއްމިނެއްގައި ހަށިގަނޑު ބައްޓަންކުރުމަށް އެހީތެރިވެދިނުމެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން 100 ގްރާމް ޗިއާ ސީޑްސް ބޭނުންކުރުމުން ދުވާލެއްގެ މައްޗަށް ފައިބަރު ކެއުމުގެ 34 އިންސައްތަ ފުރިހަމަވެ، ބަނޑުގެ ފެޓް މަދުކުރުމަށް މަގުފަހިވެގެންދެއެވެ.
އާންމުމީހަކަށް ދުވާލަކު ދެ ފަހަރު 0.7 އައުންސް (20 ގްރާމް ނުވަތަ ގާތްގަނޑަކަށް 1.5 މޭޒުމަތީ ސަމުސާ) ޗިއާ ސީޑް ބޭނުން ކުރުން އެދެވިގެންވެއެވެ.
މީގެ އިތުރުން ޗިއާ ސީޑުން ތައްޔާތުކޮށްލާ ޗިއާ ޕުޑިން އަކީ ސިއްހަތަށް ނުހަނު ފައިދާ ހުރި ނާސްތާއަކަށް ވާއިރު މުޅި ދުވަސް ކެއުން ހަމަޖައްސައިދޭ އެހީތެރިއެކެވެ. ކްރީމީ، ޕްރޮޓީން، ފައިބާ އަދި އޮމެގާ-3 އިން ފުރިގެންވާ ޕުޑިންއެކެވެ.
- ޗިއާ ޕުޑިން ތައްޔާރުކޮށްލަންވެސް ވަރަށް ފަސޭހައެވެ. ޗިއާސީޑާއު ކިރު ތަށްޓަކަށް އަޅައިގެން އެއްކޮށްލާށެވެ. ޖޯޑެއްގެ ކިރަށް ރަނގަޅީ 3-4 ސަމުސާ ޗިއާސީޑެވެ.
- ބޭނުމިއްޔާ މާމުއިކޮޅެއް އެއްކޮށްލާށެވެ. ނުވަތަ މޭޕަލް ސިރަޕްފޮދެއްވެސް އެއްކުރެވިދާނެއެވެ. އެކަމަކު ބައިސަމުސާ ވަރުގެ އެތިކޅެކެވެ.
- ރަނގަޅަށް އެއްކޮށްލުމަށްފަހު މަތި ބަންދުކޮށް، ގަޑި ނުވަތަ ދެ ގަޑިއިރު ވަންދެން ފްރިޖުގައި މި މިކްސްޗަރ ބަހައްޓާށެވެ.
- އެއަށްފަހު ތަށި ނަގައި ތާޒާ މޭވާ، ސްޓްރޯބެރީ، ކިވީފަދަ ކޮންމެވެސް ވައްތަރެއް ކޮށާފައި މަތީގައި ފަތުރާލާށެވެ.
- މިނޫންގޮތަކަށްވެސް ޗިއާ ޕުޑިން ތައްޔާރުކުރެވިދާނެއެވެ. ޑްރައި ފުރުޓްސްއާއި މާމުއި ކޮޅެއް އަޅައިގެން ޕުޑިން ތައްޔާރުކޮށްގެން ބޭނުންކޮށްލާށެވެ. އޭރަށް ފޮނިރަހައާއެކު މީރު ހިކި މޭވާގެ މީރުރަހައިން ހަށިގަނޑަށް ބޭނުންވާ ފައިދާ ކުރާނެއެވެ.
މިހާރު އެހެރީ ހެނދުނުގެ ނާސްތާ ތައްުޔާރަށެެވެ. އާ ދުވަހެއްގެ ކާމިޔާބީއަށް ޗިއާޕުޑިން އަކީ އެއްވަނައިގެ ނާސްތާއެކެވެ.
ބަރުދަން ލުއިކޮށްލުމަށް މިއީ ކޮންމެދުވަހެއްގެ ނާސްތާއަށް އެންމެ ކަމުދާ ކަމަށް ޑައެޓިޝަނުން އިއްތިފާގުވެއެވެ. ޗިއާސީޑަކީ މިއީ ހަމައެންމެ ހަފްތާއަކުން ހަށިގަނޑަށް ބަދަލު އަންނަކަން ފާހަގަ ކުރެވޭ މުޖައްރިބު ފަންޑިތައެކެވެ.