ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް ޖީޖީ ހަދީދު އޭނާގެ އަންހެން ދަރިފުޅުގެ ނަން ހާމަކޮށްފިއެވެ. ދަރިފުޅުގެ ނަން އޭނާ ހާމަ މިކުރީ ދަރިފުޅަށް 4 މަސް ފުރުމުންނެވެ. ދަރިފުޅުގެ ނަން އޭނާ ހާމަކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ޖީޖީ ވަނީ އޭނާގެ އިންސްޓަގްރާމް ބަޔޯގައި "ކައިސް މޯމް" (ކައިގެ މަންމަ) މިހެން ލިޔެ އަންހެން ދަރިފުޅުގެ ނަން ހާމަ ކޮށްފައިއެވެ. ޖީޖީ އާއި ޒޭން އެމީހުންގެ އަލަތު ދަރިފުޅަށް ދީފައިވާ ނަމަކީ ''ކައި'' އެވެ.

ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި "ކައި" މި ނަމަކި ޖީޖީގެ ކޮއްކޮ ބެލާ ހަދީދު ގެ މެދު ނަން ކަމަށްވާ "ޚައިރް" މި ނަމާ ގުޅުވާފައި ދީފައިވާ ނަމެކެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް 28 އާއި އެމެރިކާގެ މޮޑެލް ޖީޖީ ހަދީދު 25، އަށް ކުއްޖަކު ލިބުނުކަން ހާމަ ކޮށްފައިވަނީ ނިމިގެން ދިޔަ އަހަރު ސެޕްޓެމްބަރުގައެވެ. މި ދެތަރިން ވެސް އެމީހުންގެ ދަރިފުޅު ގެންގުޅެނީ މީޑިއާ ތަކާ ވަރަށް ދުރުގައެވެ.