ރާއްޖޭގެ މާކެޓުގައި މިވަގުތު ހުރި ޕެރަސެޓަމޯލްގެ ބްރޭންޑެއްގައި ކޮލިޓީ މައްސަލަތަކެއް ހުރުމުން އެ ޕްރޮޑަކްޓް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓެއްގައި ވިދާޅުވީ ރާއްޖޭގެ މާކެޓުގައި މިވަގުތު ހުރި ޕެރަސެޓަމޯލްގެ ބްރޭންޑެއްގައި ކުލަ ބަދަލުވެ ގަނޑުވެފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެހެންކަމުން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާތީ މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.

މީގެއިތުރުން އެ އޮތޯރިޓީން ވަނީ މި ހަފްތާ ތެރޭގައި އެލާގޯ ބްރޭންޑްގެ ސިޓްރިޒަން ކިޔާ ހުމާއި ރޯގާ އަދި ކެއްސުމަށްދޭ ދިޔާ ބޭހުގެ ކެމިކަލްގެ މާއްދާއެއް ހުރުމުން އެ ބޭސްވެސް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފައެވެ.