އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 ފުޓު ބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު މެޗު ބޭރުމަތި ކާމިޔާބު ކޮށްފިއެވެ. އެ ޓީމަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެޓީމާ މިއަދު ބައްދަލުކުރީ އެފްސީ އަފިރިން އެވެ. މި މެޗު ބޭރުމަތި ކާމިޔާބު ކުރީ 4-1 ލަނޑުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ، އެފްސީ ބޭރުމަތި ޓީމުގެ ޖާޒީ ނަމްބަރ 10 މުހައްމަދު ހަމްދާންއެވެ. މެޗުގެ 34 ވަނަ މިނެޓުގައި ހަމްދާން ޖެހި ގޯލާ އެކު އެޓީމުން ހިންދެމިލީ 43 ވަނަ މިނެޓުގައި ބޭރުމަތި ޓީމުގެ ޖާޒީ ނަމްބަރ 10 ޝަމްވީލް ޤާސިމް (ބޮންޑާ) ޖެހި ގޯލާއެކުއެވެ. މިހާފް ނިންމާލީ 0-2 ނަތީޖާ އަކުން ބޭރުމަތި ކުރީގައި އޮވެއެވެ.

މެޗުގެ ދެވަނަ ހާފުގައި އެފްސީ އަފިރިން ޓީމުން ހަމަލާތައް އުފެއްދި ނަމަވެސް، ބޭރުމަތި ޓީމުގެ ޖާޒީ ނަމްބަރ 6 އަލީ އަބާން ޝަރީފް ވަނީ ބޭރުމަތި ޓީމުގެ ލީޑު ފުޅާ ކޮށްދީފައެވެ. މެޗުގެ 4 ވަނަ ލަނޑަކީ އެފްސީ އަފިރިން ޓީމުގެ ޖާޒި ނަމްބަރ 2 ސަފްވާން ލަތީފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިހާފުގައި ސުން ކަނޑާލުމަށް ގިނަ މަސައްކަތް އެފްސީ އަފިރިން ޓީމުން ކުރިއެވެ. ނަމަވެސް ކާމިޔާބު ހަމަލާތަކެއް ނުދެވި، 90 މިނެޓު ހަމަވި ފަހުން، އިތުރު ވަގުތުގައި އެޓީމުގެ ޖާޒީ ނަމްބަރ 9 ޝަވީން ސައީދު ވަނީ ޓީމަށް ގޯލެއް ކަމިޔާބު ކޮށްދީފައެވެ.

މި މެޗުން ބޭރުމަތި މޮޅުވުމުން އެޓީމަށް މިވަނީ 3 ޕޮއިންޓް ލިބިފައެވެ. މިއީ ގްރޫޕް އޭ ގެ މެޗެކެވެ. މިމުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ގްރޫޕް ބީގެ މަރަދޫ އެފްސީ އާއި ފޭދޫ ސްޕޯޓްސްއެވެ.