އިންޑޮނޭޝިޔާގައި މިހާރު ކުރިޔަށްދާ ފީފާ 17 އަހަރުން ދަށުގެ ވަރލްޑް ކަޕް ގްރޫޕް "ސީ" ގައި މަޝްހޫރު ބްރެޒިލުން ދެލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި 3-2 އިން އިރާން ރޭ މޮޅުވެއްޖެއެވެ.

ޖަކާޓާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ބްރެޒިލުން ލީޑް ނެގީ 28 ވަނަ މިނެޓުގައި ރަޔަން ކާމިޔާބު ކުރި ލަނޑުންނެވެ. ލީޑް ފުޅާކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޒަމާނީގެ ލަނޑުންނެވެ.

ދެވަނަ އިރާނުން ބްރެޒިލް ސިއްސުވާލީ ވިހި މިނެޓް ތެރޭ 3 ލަނޑު ޖަހައިގެންނެވެ. ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަރާޖޭހްއެވެ. ދެވަނަ ލަނޑު ތަހޭރީ ކާމިޔާބު ކޮށްދިނީ 69 ވަނަ މިނެޓުގައެވެ. އޭގެ ހަތަރު މިނެޓްފަހުން ބްރެޒިލް ސިއްސުވާލައި އިރާނުން ލީޑް ނެގީ ޣޯލީޒާޑޭހުގެ ލަނޑުންނެވެ.

މިގްރޫޕުން ކޮންމެ ގައުމަކުންވެސް އެއްމެޗް ކުޅެފައިވާއިރު 3 ޕޮއިންޓާއި ފައިދާ 10 ލަނޑާއެކު އޮތީ އިނގިރޭސިންނެވެ. އިއްޔެ ނިއުކަލަޑޯނިޔާ އަތުން އިނގިރޭސިން މޮޅުވީ 10-0 އިންނެވެ. ދެވަނައިގައި 3 ޕޮއިންޓާއި ފައިދާ އެއްލަނޑާއެކު އޮތީ އިރާނެވެ. ޕޮއިންޓެއް ނުލިބި ގްރޫޕް ފުލުގައި އޮތީ ނިއުކެލަޑޯނިޔާ އާއި ބްރެޒިލްއެވެ.