ބޮލުން އިސްތަށި ފޭބުމަކީ އަންހެނުންގެ އިތުރުން ފިރިހެނުންނަށްވެސް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެކެވެ.

އިސްތަށި ފޭބުމަކީ ދުނިޔޭގެ އަބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް ދިމާވެފައިވާ މައްސަލައެކެވެ. ކޮންމެ މީހަކުވެސް ދުޅަހެޔޮ ރީތި އިސްތަށިގަނޑެއް ބޭނުންވާނެއެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހެދި ބޮލުން އިސްތަށި ފޭބުން މެދުވެރިވެއެވެ.

މި ލިޔުމުގައި މި ބަލާލަނީ އިސްތަށި ފޭބުން ހުއްޓުވައި، ދުޅަހެޔޮ ރީތި އިސްތަށިގަނޑެއް ލިބިގަތުމަށްޓަކައި ގޭގައި ދެވިދާނެ ދެ ފަރުވާ އަކަށެވެ.

1- އެވަކާޑޯ އަދި ކާށިތެޔޮ މާސްކް

ބޭނުންވާ ތަކެތި:

އެއް އެވަކާޑޯ

ދެ ބިސް

އެއް ސަމުސާ ކާށީ ތެޔޮ

އެއް ސަމުސާ މާމުއި

ބޭނުން ކުރަންވީ ގޮތް:

އެންމެ ފުރަތަމަ އެވަކާޑޯ، ބިސް، މާމުއި އަދި ކާށިތެޔޮ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ހެއަރ މާސްކް އިސްތަށިގަނޑުގައި ހާކާ ބުޑުން ފަށައިގެން ރަނގަޅަށް މަސާޖު ކޮށްލާށެވެ. ވިހި ވަރަކަށް މިނިޓުފަހުން އިސްތަށިގަނޑު ރީތިކޮށް ދޮވެލާށެވެ.

2- ގްރީކް ޔޯގަޓް އަދި މާމުއި މާސްކް

ބޭނުންވާ ތަކެތި:

2 ސަމުސާ ގްރީކް ޔޯގަޓް

1 ސަމުސާ މާމުއި

1 ސަމުސާ ލުނބޯ ހުތް

ބޭނުން ކުރަންވީ ގޮތް:

އެންމެ ފުރަތަމަ ހުރިހާ ބާވަތެއް ވެސް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މި ހެއަރ މާސްކް އިސްތަށިގަނޑުގައި ރަނގަޅަށް އުނގުޅާށެވެ. އިރުކޮޅެއް ވަންދެން އިސްތަށިގަނޑުގެ ބުޑުން ފަށައިގެން މަސާޖުކުރަން ޚާއްސަ ސަމާލުކަމެއް ދޭށެވެ. 30 ވަރަކަށް މިނިޓު ފަހުން ފިނިފެނުން އިސްތަށިގަނޑު ދޮވެލާށެވެ. ރަނގަޅު ނަތީޖާއެއް ނެރެން ބޭނުން ނަމަ ހަފްތާއެކު އެއްފަހަރު މި ހެއަރ މާސްކް އުނގުޅަން ވާނެއެވެ.