ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ހއ. އިހަވަންދޫ، އަންބަރީގެ، އަބްދުލްމާނިއު ހުސައިން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނަމަވެސް އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބެއް ސާފުވެފައެއް ނުވެއެވެ.

ޖޭއެސްސީގައި މާނިއު ހުންނެވީ ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރުގެ ގޮތުގައެވެ. އެގޮތުން ގާނޫނީ ވަކީލުންގެ މެދުގައި ވޯޓުލައިގެން ހޮވާ މި މަގާމަށް މާނިއު ހޮވުނީ 199 ވަކީލުންގެ ވޯޓުންނެވެ.

މާނިއު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ޖުލައި 31، 2019 ގައެވެ.