ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތިގައި އެމަނިކުފާނުގެ މި ޒިޔާރަތަކީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންގެ ހާލު ބައްލަވައިލެއްވުމަށާއި، އެ މުއައްސަސާގެ އިސްވެރިން ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.

އެގޮތުން އެމަނިކުފާނު ވަނީ އެމަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެމަރުކަޒުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެބޭފުޅުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި ކުރިޔަށް އޮތްތަނުގައިވެސް ވީހާވެސް ރަނގަޅަށް މަސައްކަތްތައް ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.