ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީީސްގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ހާމަކުރައްވައިފައި ވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މިހާރު ކުރިއަށްދާ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ)އެވެ.

ޖަލްސާ ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން، އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައި ވުމުން، މި މައްސަލަ ދެން އިތުރަށް ކުރިއަށް ގެންދިޔުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ރައީީސް ނަޝީދުގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސާ، އީވާ ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.