ގިނަސުވާލުތަކަށް ނަޝީދު ހުންނެވީ ހަނު! ތަކުރާރުކޮށް ވިދާޅުވީ މިއީ އެންމެ ކާމިޔާބު ޑިމޮކްރެޓިކް މަޖިލިސްކަމަށް!

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އިސްތިއުފާދެއްވި ކުރީގެ މަޖިލިސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގިނަ ސުވާލުތަކަށް ދެއްވީ ހަނު ޖަވާބެކެވެ.

އެހެންނަމަވެސް ގިނަ ސުވާލުތަކުގެ ޖަވާބު ނިންމަމުން ތަކުރާރުކޮށް ވިދާޅުވީ އާ ގާނޫނު އަސާސީއަށް މަސައްކަތް ކުރަން ފެށުނީއްސުރެ 19 ވަނަ ރައްޔިތުންގެ މަޖިލިސް އަކީ މިހާގިނަ މަސައްކަތް ކުރެވުނު ހަމައެކަނި ފަހަރުކަމަށެވެ.

ޑިމޮކްރަޓިކް ޕްރޮސެސްއަކީ އާގާނޫނު އަސާސީގައި ލިބިގެންދާ ރާސްތާތަކާއި ފުރުސަތުތައް ހިސާބުތައް ވަރަށް ސާފުކޮށް އެނގޭނެ ގޮތުގައި 19 ވަނަ މަޖިލިހަކީ މިހާތަނަށް އެންމެ ގިނަ މަސައްކަތްތަކާ އެންމެ ގިނަ ބިލްތައް އަދި އެހެންވެސް މަޖިިލިހުގައި ހުރު އެހެން ކަންތައްތައް އެންމެ ގިނައިން ކުރެވިފައިވާ މަޖިލިސްކަމަށެވެ. މަޖިލިހުގެ ރައީސްގެ މަގާމު ފުރަން ލިބުނު ފުރުސަތު ލިބުނުކަމަށްޓަކައި އުފާވާ ކަމަށް ވިދާޅުވަމުން ރާއްޖޭގެޑިމޮކްރަޓިކް ހަޔާތް އޮތީ އުޖާލާކޮށް ކަމަށެވެ.

20 ވަަނަ މަޖިލިހަށް ކުރިމަތިލާނަންތޯ ކުރި ސުވާލަށް ދެފަރާތަށް ބޯހޫރާލުން ފިޔަވައި އިތުރު ޖަވާބެއް ނުދެއްވައެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ނިޒާމަށް ގެއްލުމެއް ވަމުންދަނީ ކަމުގައިވާނަމަ އެމަނިކުފާނު އެކަމެއް ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތެއްވެސް ކުރައްވާނެކަމަށެވެ. ސިޔާސީ ނިޒާމަށް ވާގެއްލުމަކުން ގައުމު ސަލާމަތް ކުރެއްވުމަށް ކުރެވެން އޮތް ފަރުވާއެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެެ.

އެއަށް ފަހު ނަޝީދު ވަނީ ކެތްތެރިކަމާއެކީ ޑިމޮކްރަޓިކް ނިޒާމު ހިންގުމަށް ވަކިފަރާތަކަށް ނުޖެހި ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރައްވަމުން ގެންދެވުމަށް ވިދާޅުވެ އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަަރަށްބޮޑު އުފަލެއް ކަމަށް ވިދާޅުވުމާއި ޝުކުރުއަދާކުރެއްވުމަކާއެކު ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވާފައެވެ.