ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރައްވަމުން ގެންދެވި މުހައްމަދު އަސްލަމް ދާދި ދެންމެ އިންތިހާބު ކޮށްފިއެވެ.

ރައްޔިތުުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަސްލަމް އިންތިހާބު ކޮށްފައި މިވަނީ މިއަދު ހަވީރު ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

މިރޭ ނެގި ވޯޓުގައި އަސްލަމަށް 53 ވޯޓް ލިބިވަޑައިގަތެވެ. މަޖިލީހުގެ ރައީސް ކަމަށް އަސްލަމްއާ ވާދަކުރެއްވީ ރައީސް ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމްވެ. އާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ.