މާލޭގެ މާފަންނު ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި މަގުމަތީ ހުރި މީހަކަށް އަނިޔާވެއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ މާފަންނު ގެއެއްގެ ބެލްކަނީ އިން ބައެއް ވެއްޓި މަގުމަތީ ހުރި މީހަކަށް އަނިޔާވެފައިވާ ކަމަށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ލިބިފައިވެއެވެ. އަދި އެ ސަރަހައްދުގައި ހުރި ސައިކަލްތަކަށް ގެއްލުންވެފައިވާ ކަމަށްވެސް ފުލުހުން ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:18 ހާއިރު ކަމަށާއި މި ހާދިސާގައި ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ އަށް މި ވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މާފަންނު 2 މާޓް ކަންމަތީ ހުރި ގެއެއްގައި ހިނގި މި ހާދިސާގެ މައުލޫމާތު ކަމާގުޅޭ އިދާރާތަކާއި ހިއްސާކޮށް ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.