ދިވެހި ރެޑްކްރެސެންޓް އިން ހުޅުވާލި ފަލަސްތީނު ފަންޑު ބަންދު ކޮށްފިއެވެ.

ދިވެހި ރެޑްކްރެސެންޓްއިން ފަލަސްތީނަށް އެހީވުމައްޓަކައި 14 އޮކްޓޫބަރުން 28 އޮކްޓޫބަރަށް ވަނީ ފަލަސްތީން ފަންޑެއް ހުޅުވާލާފައެވެ. އަދި މި ފަންޑުގެ މުއްދަތު ވަނީ ފަހުން 12 ނުވެންބަރަށް އިތުރުކޮށްފައެވެ. އަދި މި މުއްދަތުވެސް ހަމަވުމާއި ގުޅިގެން ރެޑްކްރެސެންޓްއިން ވަނީ 12 ނުވެންބަރުގައި މި ފަންޑު ބަންދު ކޮށްފައެވެ.

ދިވެހި ރެޑްކްރެސެންޓަށް 14-28 އޮކްޓޫބަރާއި ހަމަޔަށް ލިބުނު 2،105،337.14 ރުފިޔާ (136،526 ޔޫއެސް ޑޮލަރު) 5 ނުވެންބަރުގައި ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ފޮނުވާފައެވެ. އަދި އޭގެ ފަހުން ރެޑްކރެސެންޓްއަށް ހަދިޔާ ކުރެވުނު ފައިސާގެ އަދަދު 19 ނުވެންބަރުގައި އިއުލާން ކުރާނެ ކަމަށް ރެޑްކރެސެންޓް އިން ވަނީ ވިދާޅުވެފައެވެ.