މާދަމާއިން ފެށިގެން ލައިސަންސްގެ ތިއަރީ އިމްތިހާނު ޕޮލިޓެކްނިކްސް އިން ހެދޭނެ އިންތިޒާމު ޓްރާންސްޕޯޓު މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ހަމަޖައްސަވައިފައި ވަނީ މޯލްޑިވްސް ޕޮލިޓެކްނިކްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

އެގޮތުން މި އެއްބަސްވުން އެކުލަވާލާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާ ދެމެދު މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

މީގެއިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި އެއްބަސްވުމުގެ ދަށުން ބުދަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، ގްރޭޓަރ މާލެއިން ހިދުމަތަށް އެދި ސަވާރީ އިންފްމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) އިން ހުށައަޅާއިރު ތިއަރީ ހަދާ ސެންޓަރެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ނެގުމަށް އަންގާފައެވެ.

މި ބަދަލާއެކު ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިޓެކްނިކްއިންވެސް މިހާރު އިމްތިހާން ހެދޭނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.