ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ސިއްރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ އަލީ ވަހީދުގެ ޝަރީއަތް މަޖްލިސްއަށް އާއްމުންނާއި މީޑިއާއަށް ނުވަދެވޭނެކަމަށެވެ. ނަމަވެސް ޝަރީއަތުގެ މައުލޫމާތު މީޑިއާ އާއި ހިއްސާ ކުރާނެ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އަލީ ވަހީދުގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 13:30 ގައެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ވަނީ ހަ ދައުވާއެއް އުފުލާފައެވެ. އެ ދައުވާތަކަކީ:

1- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ

2- ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ

3- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.

4- ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ

5- ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ

6- ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ