ކެއުމަށްފަހު ހިނގާލުމުން ސިއްހީ ގިނަ ފައިދާ ތަކެއް ލިބިދެއެވެ. އަދި މީހާ ފިޓްކޮށް ހުރުމަށް އެހީތެރިވެދެއެވެ.
ހަޖަމުކުރުމުގެ މައްސަލަތައް ދިމާވާ ކަމަށްވާނަމަ ކެއުމަށްފަހު މަދުވެގެން 100 ފިޔަވަޅު ހިނގާލުމަށް ން މަސައްކަތް ކުރާށެވެ. ކެއުމަށްފަހު ހިނގާލުމަކީ ވެސް ހަޖަމުކުރުމުގެ ރަނގަޅު އާދަތައް ހަށިގަނޑުގައި އުފައްދަން އެހީތެރިވެދޭ ކަމެކެވެ. ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށާއި ހަޖަމުކުރުމުގެ މަރުހަލާ ރަނގަޅު ކުރުމަށް އެންމެ ފައިދާހުރި އެއް ގޮތަކީ މިއީ ކަމަށްވާތީ މިގޮތަށް މަސައްކަތް ކުރުމަށް އާދަކުރާށެވެ.
ހަކުރު ބަލި މެނޭޖް ކުރުމަށްވެސް މިއީ ރަނގަޅު އުކުޅެކެވެ. ކެއުމަށްފަހު ސަތޭކަ ފިޔަވަޅު ހިނގާލުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ސްޕޯޓްސް މެޑިސިން ޖާނަލްގައި ލިޔެފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ކެއުމަކަށް ފަހު ކުޑަ ކޮށް ހިނގާލުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ދުރުވުމަށް ކޮންމެ ކެއުމަކަށް ފަހު ކުޑަ ކޮށް ހިނގާލަން މަސައްކަތް ކުރާށެވެ.
ނީޓްރައިގްލިސަރައިޑް ލެވެލް މަތިވުމަކީ އޮބެސިޓީ އާއި މެޓަބޮލިކް ސިންޑްރޯމް ފަދަ ގިނަ ހާލަތްތަކެއް އިތުރުވެ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. ދަ އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދިގު މުއްދަތަކަށް އިށީނދެ ތިބުން ދުރުކޮށް ކުޑަކޮށް ހިނގާލުމަކީ ޓްރައިގްލިސަރައިޑް ލެވެލް ދަށްކޮށްދޭ ކަމެކެވެ.
ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު ގޮތަކީ ކެލޮރީސް އަންދާލުމެވެ. ކޮންމެ ދުވަހަކު އެކަށީގެންވާ ވަރަށް ކަސްރަތު ނުކޮށް ބަރުދަން ލުއިކުރަން ބޭނުންވާ ނަމަ ކެއުމަށް ފަހު ހިނގާލަން މަސައްކަތް ކުރާށެވެ. އިތުރު ކެލޮރީސް އަންދާލުމަށް ޓަކައި ކޮންމެ ދުވަހަކު ވެސް މަދުވެގެން 30 މިނެޓު ވަންދެން ހަލުވިކޮށް ހިނގާލަން ވާނެ އެވެ. "ބްރިސްކް ވޯކިން" ނުވަތަ ސަތޭކަ ވަރަކަށް ފިޔަވަޅު ހިނގާލުމަކީ އެންމެ ރަނގަޅު ގޮތެވެ. އަވަހަށް ހިނގާ ވަރަކަށް ކެލޮރީޒް އަންދާނެއެވެ.
ކާއެއްޗެހި ކެއުމަށްފަހު ވަގުތުން ފެން ބުއިމުން ދުރުހެލިވާށެވެ. މީގެ ސަބަބުން އޮބެސިޓީ އަށް ވެސް މަގުފަހިވެ އެވެ. ކެއުމުގެ މެދުގައި ފެން ބޯށެވެ.
ކެއުމަށްފަހު ރަނގަޅަށް ނުނިދުމަކީ ހަށިގަނޑުގެ ފެޓް އިތުރުވެ މެޓަބޮލިޒަމް ދަށްކޮށްދޭ ކަމެކެވެ. އެހެންކަމުން ކެއުމަށްފަހު އަވަހަށް ނިދުމުގެ އާދަ ދުރުކޮށްލާށެވެ. ބާރު ސްޕީޑުގައި ހިނގާލުމަކީ ތިމާއަށް ފައިދާހުރި ކަމެއް ނަމަވެސް ކެއުމަށްފަހު ވަގުތުން މާ ބާރަށް ނުހިނގާށެވެ. މަޑުމަޑުން ފަށައިގެން ސްޕީޑް ނެގުން ރަނގަޅެވެ.
ކެއުމަށްފަހު އޮށޯތުން ނުވަތަ އިންތާ އިނުމުގެ އާދަދޫކޮށްލާށެވެ. ސިއްހީގޮތުން ދިމާވާ މައްސަލަތަކުން ސަލާމަތްވުމަށް ކެއުމަށްފަހު މަދުވެގެން ސަތޭކަ ފިޔަވަޅެއް ހިނގާލާށެވެ.
(ނޯޓް:މައުލޫމާތު: ހެލްތުޝޮޓްސް، ހެލްތުލައިން، ސްޕޯޓްސްމެޑިސިން)