ކޮފީއަކީ ވަރަށް ރަނގަޅު ގުދުރަތީ ފަރުވާ ހިމެނޭ ބާވަތެކެވެ. މިއީ ހަމައެކަނި ބުއިމެއް ކަމަށް ގަބޫލުނުކުރާށެވެ. ކޮފީއިން ހިފޭ އެތައް ބައިވަރު އެހެނިހެން ބޭނުންތައްވެސް ހުރެއެވެ. ހާއްސަކޮށް އިސްތަށިގަނޑާއި މޫނުގެ ހަމާއި ލޯކައިރިއަށްދޭ ފަރުވާއަކަށް ކޮފީއަކީ ހަމައެއްވަނައެވެ.

ކޮފީއަކީ ފިނޮލްސް ފަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވާ އެއްޗެކެވެ. މިއީ ފްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތްކޮށް ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ. ނަތީޖާއެއްގެ ގޮތުން ފައިން ލައިންތަކާއި ރިންކުލްސް އަދި ސެގީ ސްކިން އިން ސަލާމަތްވެވެއެވެ. ހަގީގަތުގައި ކޮފީގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ފަލަވުމާއި ދެކޮޅަށް މަސައްކަތްކޮށް، ކޮލެޖަން އުފެދުން އިތުރުކޮށް، ހައިޕަ ޕިގްމެންޓޭޝަން ކުޑަކޮށްދެއެވެ.

ކޮފީއަކީ ހަންގަނޑު އެކްސްފޯލިއޭޓްކުރާ އެއްޗެއް ކަމުން މިއީ ވަރަށް މޮޅު ފޭސް ސްކްރަބް އެކެވެ. ބިއުޓީ އާޓިސްޓް އަލްޔާ ކިޔައިދިން ގޮތުގައި މިއީ މަޑުމަޑުން ހަމުގެ ސެލްތައް ބޭރުކޮށް، ހަންގަނޑު އޮމާންކޮށްދޭ ބާވަތެލެވެ. މީގެ އިތުރުން ސެލޫލައިޓް އުފެދުން އިތުރުކޮށްދީ ހަންގަނޑު ވަރުގަދަކޮށްދޭ އްޗެކެވެ.

ކުޑަކުޑަ ކާށި ތެޔޮ ފޮދަކާއި ކުޑަ ޔޯގަޓް ކޮޅެއްގެ ތެރެއަށް ސަމުސަލެއްގެ ކަޅުކޮފީ އަޅައި އެއްކޮށް ޕޭސްޓެއް ހަދާލާށެވެ. އަދި އެއިން މޫނު މަސާޖު ކޮށްލާށެވެ. މިޕޭސްޓުން މޫނުގެ ހަމުގައި މަރުވެފައިވާ ހަންކޮޅުތައް ނެއްޓި މޫނު ސާފުވާނެއެވެ.

ލޯކައިރި ކަޅުވެ ފުފިފައި ހުންނަތަންތަން ރަނގަޅުކޮށްލުމަށް ކޮފީ، މާމުއި އަދި ޔޯގަޓް ކޮޅެއް އެއްކޮށް ލޯ ކައިރީގައި ހޭކުމަށްފަހު ދިހަ ވަރަކަށް މިނެޓު ބަހައްޓާށެވެ. ލޯ ކައިރީގައި ލޭ ދައުރުވުން އިތުރުވެ ދުޅަވުން ކުޑަވާނެއެވެ.

ހަމުގެ ދަށުގައި ޖަމާވެފައި ހުންނަ ސަރުބީ ނައްތާލައި ހަންގަނޑު އޮމާން ކޮށް ބެހެއްޓުމަށްވެސް ކޮފީ ބޭނުން ކުރެވޭނެއެވެ. ސަމުސަލެއްގެ ކޮފީއާއި ސަމުސަލެއްގެ އޮލިވް އޮއިލް އަށް ކުޑަހަކުރު ކޮޅެއް އެއްކޮށްލުމަށްފަހު ޕޭސްޓެއް ހަދާލާށެވެ. އަދު ހަމުގައި ކަޅުވެފައި ހުންނަ ތަންތަނުގައި ހާކާލާށެވެ.

އިސްތަށިގަނޑު ވަރުގަދަކޮށް ވިދުން ގަދަކުރުމަށްވެސް ކޮފީއަކީ ހަމަ މޮޅު ބޭހެކެވެ. އޮލަކޮށް ކޮފީކޮޅެއް ގިރާލުމަށްފަހު އިސްތަށިގަނޑު ޝޭމްޕޫއިން ދޮވެލާފައު ކޮފީ އިސްތަށިގަނޑުގައި ރަނގަޅަށް އުނގުޅާލާށެވެ. އަދި ރީތިކޮށް ދޮވެލާށެވެ. މިހާރު އިސްތަށިގަނޑުގެ ކުލަ ރީތިވެ އޮފް އަރާނެއެވެ.

(ނޯޓް:މައުލޫމާތު:ހެލްތުއެންޑްބިއުޓީ ޓިޕްސް)