ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ފުލެޓުތައް ހުންނަ ސަރަހައްދުގައި ކާބޯތަކެތި ވިއްކަން ހަދާފައި ހުރި ހަޓްތައް ނަގަން އާބަންކޯއިން މިއަދު އަންގައިފިއެވެ.

އާބަންކޯއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ތަކެތި ނަގާފައި ނުވާ ނަމަ، އާބަންކޯއިން އެތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އާބަންކޯއިން ބުނީ ހިޔާގެ 12 ވަނަ ޓަވަރާ ދިމާއިން ބީޗު ސަރަަހައްދަށް ވާ ގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަަޓުތައް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ނަގަން އަންގާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އެ ތަކެތި ނަގާފައިނުވާނަމަ އެ ތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެ ކަމަށާއި ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.