ޣައްޒާއިން ފަލަސޠީނުގެ ނަސްލު ސާފުކޮށްލުމަށް އެމެރިކާގެ ޓްރަމްޕް ރައީސް ގެންގުޅުއްވާ ޒަޔަނިސްޓު ރޭވުންތަކަށް ނޫނެކޭ ވިދާޅުވުމުން ޖޯޑަންގެ ޢަބްދުﷲ ރަސްގެފާނު އެމެރިކާއަށް ވަޑައިގަތުމަށް ޓްރަމްޕް އަންގަވައިފިއެވެ.

ޖޯޑަންއިން އިއުލާން ކުރިގޮތުގައި ޢަބްދުﷲ ރަސްގެފާނު ޓްރަމްޕާއެކު ސައްލާއަށް ވަޑައިގަންނަވާނީ މި މަހުގެ ފަހުކޮޅުގައެވެ.

މި ވަގުތު ޒަޔަނިސްޓުންގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޓްރަމްޕާއެކު ސައްލާއަށް ވޮޝިންޓަނަށް ގޮސްފައެވެ.