ހުކުރު ދުވަހު ބަލޫޗިސްތާންގެ އެތައް ސަރަހައްދެއްގައި ސިފައިން ޓެރަރިސްޓުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ސިފައިންގެ 18 މީހުން ޝަހީދުވި ހާދިސާއަށް ޕާކިސްތާން ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ހިތާމަ ފާޅުކުރައްވައިފިއެވެ. މި ހާދިސާގައި ޓެރަރިސްޓުންގެ 23 މީހަކުވެސް މަރުވިއެވެ.

ޝެހްބާޒް ޝަރީވް ވިދާޅުވީ މި ހާދިސާއަކީ 78 އަހަރުގެ ތާރީޚުގައި ދިމާވި ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އޭނާ ވަނީ ގައުމުގެ ރައްޔިތުން އެއްބައިވަންތަ ވުމަށް ގޮވާލައްވާފައެވެ.