ސީރިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ މަންބިޖްގައި ހޯމަ ދުވަހު ކާރު ބޮމެއް ގޮއްވާލުމުން 20 މީހުން މަރުވެފައިވާ ކަމަށް ސީރިއާގެ ރިޔާސަތުން ބުނެފި އެވެ.
ސީރިޔާގެ ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ "ޓެރަރިސްޓް ހަމަލާއެއް" ކަމަށް ސިފަކުރި ހަމަލާ ދިން ކުށްވެރިން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
"ސީރިޔާގެ ސަލާމަތަށް ގެއްލުންދޭން ނުވަތަ ރައްޔިތުންނަށް ގެއްލުންދޭން މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ނަމޫނާ ދެއްކުމަށްޓަކައި މި ޖަރީމާ ހިންގާ މީހުންނަށް އެންމެ ހަރުކަށި އަދަބު ނުދީ ނުދާނެ،" ރިޔާސަތުން ބުންޏެވެ.
ތުރުކީގެ ބޯޑަރާއި ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ މަންބިޖް ކޮންޓްރޯލު ކުރަނީ ތުރުކީން ވާގިވެރިވާ ކުރުދީންނެވެ. ކުރިން އެތަން ކޮންޓްރޯލު ކުރީ އެމެރިކާއިން ވާގިވެރިވި ކުރުދީންނެވެ.
މަންބިޖުގައި ދިން ހަމަލާގެ ޒިންމާ ވަގުތުން އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. މަރުވި މީހުންގެ ތެރެއިން 14 މީހުންނަކީ އަންހެނުން ކަމަށް ސިވިލް ޑިފެންސް ރެސްކިއު ސާވިސް އިން ބުނެފައި ވެއެވެ. އަދި އިތުރު 15 އަންހެނުން ވަނީ ޒަހަމްވެފަ އެވެ.