ނަތަންޔާހޫ އެމެރިކާގެ ޓްރަމްޕާ އެކު ސައްލާކުރުމަށް ކުރާ ދަތުރުގައި ސައޫދީ އަރަބިއްޔާއިން އިޒްރޭލާއެކު ސުލްހަ ކޮށްދިނުމަށް ސައޫދީންނަށް ފިއްތުމަކީ ނަތަންޔާހޫގެ އެޖެންޑާގައި ހިމެނޭ ކަމެކެވެ.
ސައޫދީއާއެކު އިޒްރޭލުން ސުލްހަ ވާން ބޭނުންވާ ކަމަށް ބުނާ ބިލްބޯޑުތައް ވަނީ ނަޔަންޔާހޫ އެމެރިކާއަށް ފުރުމާއެކު އިޒްރޭލުގެ އެކި ހިސާބުތަކުގައި ބަހައްޓަން ފަށާފައެވެ.
އިޒްރޭލުގެ މާލީ ވަޒީރު ސްމޮރިޗް ބުނެފައި ވަނީ ޔަހޫދުން ސައޫދީއާއެކު ސުލްހައިގެ އެއްބަސްވުމެއް ހަދަން ބޭނުން ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމަކީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެގެން ސޮއިކުރާ އެއްބަސްވުމެއް ނަމަ އެފަދަ އެއްބަސްވުމެއް އިޒްރޭލަކުން ބޭނުމެއް ނޫނެވެ.
ސައޫދީ އަރަބިއްޔާއަކީ މިހާރުވެސް އިޒްރޭލުގެ އެންމެ ބޮޑު އިންޝޫރެންސް ކުންފުނީގައި އިންވެސްޓްކޮށްފައިވާ ފަރާތެކެވެ. އެ އިންވެސްމެންޓް ކުރިއަށް ގެންގޮސްފައި ވަނީ ޓްރަމްޕް ރައީސްގެ ދަނބިކޮއެ މެދުވެރިކޮށ