ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ޒަޔަނިސްޓުން ފަށާފައިވާ ހަނގުރާމައިގައި 23 ގެ ތަޅާލައި 50 މީހުން ޝަހީދުކޮށްލައިފިކަމަށް އިޒްރޭލު ސިފައިން ބުނެފިއެވެ.
އިޒްރޭލު ސިފައިން ބުނެފައި ވަނީ މި ވަގުތު ހަނގުރާމަ ފޯކަސްކޮށްފައި ވަނީ ޖެނިންގެ ރެފިއުޖީ ކޭމްޕް ތަޅާލުމަށެވެ.
ހަނގުރާމަ ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މިއަދު މީޑިއާއަށް މައުލޫމާތު ދެމުން ޒަޔަނިސްޓު ސިފައިން ބުނެފައި ވަނީ ފަލަސްޠީނުގެ 100 މީހުން ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އޮޕަރޭޝަން އަޔަން ވޯލްގައި ކަމާ ނުބެހޭ އެތައް މީހަކު ޝަހީދުކޮށް ލެވުނު ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.