ރައީސް ސާލިހާއި އެމްޑީޕީ ވެރިކަމުގެ ދައުރު މި ނިންމާލަނީ ވެރިކަމެއްގައި މަދުންނޫނީ ދިވެހި ޚަޒާނާއަށް ދަތިނުވާ މިންވަރަށް ދަތިކޮށްފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޚުވެފައިވަނީ އޭގެ ސަބަބުން ކުރިއަށް އޮތް ޑިސެމްބަރ މަސް ވެގެންދާނީ އުދަގޫ މަހަކަށް ކަމަށެވެ.
ދައުލަތުގެ ޚަޒާނާއަށް އެވަރަށް ދަތިކޮށްފައި ވުމުން "އަޅުގަނޑުމެން މިތިބީ ވަރަށް ނާޒުކު ފައްތަރެއްގައި،" ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
މިކަން ކަމުގެ ސަބަބުން އައު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވެސް އަވަށް ބަޖެޓު ސަޕޯޓު ހޯދަން ދަތިވާނޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.