ށ. ކޮންމަންޑޫގައި ފެނަކަ ކޯޕަރޭޝަނުން ޢިމާރާތް ކުރަމުން ގެންދާ އައު އިންޖީނުގޭގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.
ފެނަކައިން ވިދާޅުވީ އެރަށުގައި އަލަށް ޢިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތުގެ 60 ޕަސެންޓް މިހާރު ވަނީ ނިމިފައި ކަމަށެވެ. އެ އިންޖީނުގެއަކީ ޒަމާނީ ވަސީލަތްތައް ލިބޭގޮތަށް ޢިމާރާތް ކުރަމުންދަ ޒަމާނީ އިންޖީނުގެއެކެވެ.
މިއީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދު ތަކަށް ބަދަލުކޮށް ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.
ފެނަކައިން މަސައްކަތް ކުރައްވަނީ މިއަހަރުގެ ނިޔަލަށް މި މަޝްރޫޢުގެ އެއްކޮށް ނުވަތަށް ބޮޑުބައެއް ނިންމުމަށެވެ.