ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ނާއިބު ރައީސް ހުސައިން މުޙައްމަދު ލަތީފް، ވެރިކަުގެ ހުވައި ކުރެއްވުމަށްފަހު މަޣްރިބު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެވަޑައިގެންނެވުމަށް މިސްކިތަށް ވަޑައިގެންނެވުމުން އެތައް ބައެއްގެ ތައުރީފް އެބޭފުޅުންނަށް އޮފހެން ފަށައިފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތު ނިމުނުއިރު މަޣްރިބު ނަމާދުގެ ވަގުތު ގާތްގަނޑަކަށް ވަނީ ޖެހިފައެވެ. އެހެންކަމުން ޖަލްސާ ނިމުމުން ރައީސް ޑރ. މުޢިއްޒާއި ނައިބު ރައީސް ވަޑައިގެންނެވީ އިސްލާމީ މަރުކަޒަށެވެ.

އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދު ކުރެއްވީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް އައްޔަން ކުރައްވާނޭ ކަމަށް ބެލެވޭ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

އާއްމު ގޮތެއްގައި ރައީސްކަމުގެ ހުވާ ކުރައްވާ ބޭފުޅުން ހުވާ ކުރެއްވުމަށްފަހު އަވަސްވެ ގަންނާނީ ރައީސް އޮފީހަށް ވަޑައިގެން ކެބިނެޓު އެކުލަވާލުމުގެ މަސައްކަތް ކުރެއްވުމަށެވެ.

ޑރ. މުއިއްޒަކީ ޖަމާއަތުގައި ނަމާދުކުރެއްވުމުގެ އާދައަށަނެފައިވާ ބޭފުޅެކެވެ. މިއީ ގިނަބައެއްގެ ހިތްތަކުގައި އެމަނިކުފާނުގެ މައްޗަށް ލޯތްބާއި ގަދަރުއުފުލިގެން ގޮސްފައިވާ ކަމެކެވެ.