ރައީސް ކަމުގެ ހުވާ މިއަދު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް 21 ބޭފުޅަކު އައްޔަން ކުރައްވައި އެ ބޭފުޅުން މިއަދު ވަޒީރު ކަމުގެ ހުވާ ކުރައްވައިފިއެވެ.
އެ މިނިސްޓަރުންނާ އެކު ބަންޑާރަ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު އުޝާމް ވެސް ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވުމަށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތަށްފަހު، ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ހުވާ ކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ މިރޭ ރައީސް އޮފީހުގައެވެ.
ރައީސްގެ ކުރިފުޅުމަތީގައި އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާނެވެ.
- މިނިސްޓަރ އޮފް އެކޮނޮމިކް މަގާމަށް އައްޔަން ކުރެއްވީ މުހައްމަދު ސައީދެވެ.
- މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމަށް އައްޔަން ކުރެއްވީ އިބްރާހިމް ފައިސަލެވެ.
- މިނިސްޓަރ އޮފް ހައުސިންގގެ މަގާމަށް އައްޔަން ކުރެއްވީ ޑރ. ހައިދަރު އަހުމަދެވެ.
- މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް އައްްޔަން ކުރެއްވީ ޑރ. އަބްދުﷲ ހަލީލެވެ.
- މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވީ ޑރ. އިސްމާއިލް ޝަފީއެވެ.
- މިނިސްޓަރ އޮފް ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ތޯރިގު އިބްރާހިމެވެ.
- މިނިސްޓަރ އޮފް ޖެންޑަރގެ މަގާމަށް އަައްޔަން ކުރެއްވީ ޑރ. އައިޝަތު ޝިހާމެވެ.
- މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަގާމަށް އައްޔަން ކުރެއްވީ މުހައްމަދު އަމީން (ކެޕްޓަން އަމީން)
- މިނިސްޓަރ އޮފް ފޮރިން އެފެއަރޒްއަށް އައްޔަން ކުރެއްވީ މޫސާ ޒަމީރެވެ.
- މިނިސްޓަރ އޮފް ޑިފެންސްއަށް އައްޔަން ކުރެއްވީ ޣައްސާން މައުމޫނެވެ.
- މިނިސްޓަރ އޮފް ލޯކަލް ގަވަރުނަންސް އަށް އައްޔަން ކުރެއްވީ އާދަމް ޝަރީފް އުމަރެެވެ.
- މިނިސްޓަރ އޮފް ފިޝަރީޒް އަށް އައްޔަން ކުރެއްވީ އަހުމަދު ޝިޔާމެވެ.
- މިނިސްޓަރ އޮފް ހޯމް އެފެއަރޒްއަށް އައްޔަން ކުރެއްވީ އަލީ އިހުސާނެވެ.
- މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަނަށް އައްޔަން ކުރެއްވީ ޑރ. މަރިޔަމް މާރިޔާއެވެ.
- މިނިސްޓަރ އޮފް އިސްލާމިކް އެފެެއަރޒްއަށް އައްޔަން ކުރެއްވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
- މިނިސްޓަރ އިފް ސްޕޯޓްސް އަށް އައްޔަން ކުރެއްވީ ޑރ. އަބްދުﷲ ރާފިއުއެވެ.
- މިނިސްޓަރ އޮފް ފިނޭންސްއަށް އައްޔަން ކުރެއްވީ: ޑރ. މުހައްމަދު ޝަފީގެވެ.
- ގައުމިއްޔަތު މިނިސްޓްރީއަށް އައްޔަން ކުރެއްވީ އާދަމް ނަސީރު އިބްރާހިމެވެ.
- ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް އައްޔަން ކުރެއްވީ އިބްރާހިމް ވަހީދު (އަސްވާޑު)އެވެ.
- މިނިސްޓަރ އޮފް އެގްރިކަލްޗަރ އަށް އައްޔަން ކުރެއްވީ ޑރ. އައިޝަތު ރަމީލާއެެވެ.
- މިނިސްޓަރ އޮފް އިންފްރާންސްޓެކްޗާ އެންޑް ކޮންސްޓްރަކްޝަން އަށް އައްޔަން ކުރެއްވީ ޑރ. އަބްދުﷲ މުއްތަލިބެވެ.
މުއިއްޒު ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން މީގެ ކުރިން ވިދާޅުވީ، ކެމްޕެއިންގެ ވައުދުވެވަޑައިގެންނެވި ގޮތަށް ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށާއި ސަރުކާރުގެ އިސް އެހެން މަގާމުތަކުގައި ވެސް ތިއްބަވާނީ އެމީހެއްގެ މައްޗަށް އެމަނިކުފާނަށް ފަހު ބަސް ވިދާޅުވެވޭނެ ބޭފުޅުން ކަމަށެވެ.