ދިވެހިޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުވާން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ރައީސް ވިދާޅުވީ އުފެދެމުން އަންނަ ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ މާތް އަޚްލާޤެއްގެ ވެރި ބަޔަކަށްވެފައިވާ ތަން ދެކެން ބޭނުންފުޅުވާ ކަމަށެވެ. "އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނަށް ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި މަސައްކަތްކުރާނަން. އެކަމަށްޓަކައި އެކަމަކަށް އެންމެ މުހިންމު ޢިލްމުވެރީންގެ ޚިދުމަތަށް މަގު ތަނަވަސްކޮށްދޭނަން. ދީނީ ޢިލްމުވެރީންގެ ދުލާއި ގަލަމަށް ރައްކާތެރި އަމާން ވެށްޓެއް ކަށަވަރުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
އެކަންކަމަށް ސަރުކާރުން ތާއީދާއި އިޖާބައާއި، ތަރުޙީބު ދެއްވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ކީރިތި ޤުރްއާނުގެ ތަޢުލީމާ އެއްގޮތަށް ޙިކްމަތްތެރިކަމާއި، ރިވެތި ވަޢުޡާއި ނަސޭހަތުން ތިޔަބޭފުޅުން، ދީން ހުށަހަޅުއްވައިދެއްވާ! ދިވެހި ދަރީންނަކީ މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ދިވެހި ޤައުމަށް، ވަފާތެރި، މުރާލި، ޒިންމާދާރު ބަޔަކު ކަމުގައި ހައްދަވައިދެއްވާ! އެކަމުގައި އުނގަންނައިދިނުމާއި، މުޢާމަލާތު ކުރުމުގެ ޒަމާނީ ޢިލްމީ އާ ގޮތްތައް ބޭނުންފުޅުކުރައްވާ! މިއަދުގެ ސިކުނޑިތަކަށް ޤަބޫލުކުރެވޭ ފަދަ ޒަމާނީ އުސްލޫބުތަކަށް އަހުލުވެރިވެވަޑައިގެން، އެ ގޮތްތައް ބޭނުންކުރައްވާ،" ރައީސްގެ އުންމީދުން ފުރިގެންވާ ތަގުރީރުގައި ވިދާޅުވިއެވެ.
ތިއޮތީ ދީނީލޯބި ޖެއްސިފައޭ ގައުމާ މުހާތަބުކޮށް ދިންބަޔާާނުގާ ޑުރަގާއި މާރާމާރީ ހުއްޓުވާނެ ވާހަކަވެސް ބުނެލަން ނުކެރުނު އަދި ވާދަކުރި މެނިފެސްޓޯގަވެސް ޑުރަގާ މާރާމާރި ހުއްޓުވާނެ ވާހަކައެއް ނުލިޔޭ