ހައިކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮނިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

ފަރުހީޒާ ފިޔަވައި ދެން ތިއްބެވި ފަނޑިޔާރުންނާ ގުޅޭގޮތުން ބަލަން ނިންމި މައްސަލަ އަކީ ގާނޫނު އަސާސީގެ 152 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 41 ވަނަ މާއްދާއާ ޚިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގަތް ކަމަށް ބުނާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

އަދި ފަނޑިޔާރު ފަރުހީޒާއާ ގުޅޭގޮތުން ބަލާ މައްސަލަ އަކީ ސ. ފޭދޫ ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލީހެއް ނިމުނީކަމަށް އިއުލާން ކުރެއްވުމަށްފަހު މައްސަލާގައި ހިމެނޭ ޚަސްމަކާ ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ފަރުހީޒާ އަކީ ސ. ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގައި ހުންނަވަނިކޮށް ދާދިފަހުން ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ.