އިޒްރޭލުން ފަލަސްލަތީނުގެ ރައްްޔިތުން މަރާ، ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ ގޮތުން، އިޒްރޭލުން މުދާ އެތެރެކުރުން މަނާކުރުމާއި ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރުން މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލިހުހެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް ބަހުސް ފަށައިފިއެވެ.

މަޖިލިހަށް އިޒްރޭލާ ދެކޮޅަށް ގަރާރެއް ހުށަހަޅާފައި ވަނީ އޮކްޓޯބަރު 14, ގައެވެ. މިގަރާރު ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.

އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވީ އޮކްޓޯބަރު 16 ގައި އޮތް ޖަލްސާގައެވެ. އަދި ބަހުސް ފެށީ އޮކްޓޯބަރު 25 ގައެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އެ ގަރާރަށް މެންބަރުންގެ މެދުގައި ބަހުސްކުރުމެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަންނަނީ މެދުކެނޑުމެއްނެތި ގާޒާއަށް ހަމަލާ ދެމުންނެވެ.