މި މަހުގެ ކުރީކޮޅު ހދ. ކުޅުދުއްފުށިން ގެއްލުނު މީހާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ 39 އަހަރުގެ އިބްރާހީމް އަބްދުﷲ، މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ އާއިލާއަށް ގުޅައި ހަބަރުވެފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ހުރީ މާލޭގައި ކަމަށް އާއިލާއަށް އެނގުމުން، އާއިލާއިން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށް ބުންޏެވެ.

އިބްރާހީމް އަބްދުﷲ ގެއްލިގެން ހޯދަން ފެށީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވާތީއެވެ. އިބްރާހީމް ފެނިފައި ވަނީ އޭނާ ހޯދަމުން ދާތާ 3 ހަފުތާ ފަހުންނެވެ.