ހުޅުމާލޭގައި ކާރަކާއި ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ ސެންޓްރަލް ޕާކު ކައިރިންނެވެ. އަދި, އެއް ސައިކަލު އޮތީ ކާރުގެ ދަށުވެފަ އެވެ. އަނިޔާ ލިބުނު މީހުންގެ ތެރެއިން އެކަކު ސްޓްރެޗަރަކަށް ލައިގެން ގޮސް އެމްބިއުލާންސަށް އަރުވަން ގެންދާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި މިރޭ ހިނގި އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ދެ ސައިކަލެއްގައި ތިބި ހަތަރު މީހަކަށް ކަމަށާއި އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުން ކަމަށެވެ. އަދި އޭގެ ތެރެއިން އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު އަންނަނީ އެ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.