ލ. ގަމުން ހަސަތޭކަ މީހުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އަށް ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީއާ އަލަށް ގުޅުނު މީހުންގެ ފޯމުތަކާ ހަވާލުވީ ޕީއެންސީގެ ޗެއާޕާޗަން އަދި ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަބްދުއްރަހީމެވެ. ވެރިކަން ކުރާ ޕީއެންސީއަށް ވަކި އޮފީހެއް ގާއިމުކޮށް ޕާޓީ ދަފުތަރަށް 10،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް އެޕާޓީން ވަނީ ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕާޓީތަކުގެ ދަފުތަރުގައި އޮތް ގޮތުން، މިދިޔަ ފެބްރުއަރީ 21 އާ ހަމައަށް ޕީއެންސީގައި މެންބަރުންގެ ގޮތުގައި ތިބީ 3159 މެންބަރުންނެވެ.

ނަމަވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދަނީ ރައީސް މުއިއްޒަށް އިންތިހާބު ކާމިޔާބުވުމަށްފަހު ޕީއެންސީއާ ގުޅެމުންނެވެ.