އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ މިއަދުގެ މެޗުގައި ބައްދަލުކުރީ މަރަދޫ އެފްސީއާއި ފޭދޫ ސްޕޯޓްސް އެވެ. މިއީ ގްރޫޕް ބީ ގެ ފުރަތަމަ މެޗެވެ.

މި މެޗު އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ފޭދޫ ސްޕޯޓްސް އެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ފެދޫ ޓީމުގެ ގިނަ ހަމާލާތަކެއް ފެނިގެން ދިޔައެވެ. ނަމަވެސް ގޯލަށް އަމާޒުވީ މަދު ހަމަލާ ތަކެކެވެ. މިމެޗުގައި ބޮޑަށް ފެނިގެންދިޔައީ ދެ ޓީމުން ވެސް ބޯޅަ ހިފަހައްޓައިގެން ކުޅުނު މަންޒަރެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ފުރަތަމަ 10 މިނެޓު ތެރޭގައި ފޭދޫ ޓީމުން ވަނީ ލަނޑުޖާހާފައެވެ. ފޭދޫ ޓީމުގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޖެހުން އެ ޓީމުން ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކޮށްލުމުން އެ ބޯޅަ ގޯލް ތެރެއަށް ވައްދާލީ އެޓީމުގެ ޖާޒީ ނަމްބަރު 8 ހަސަން ހަނީފްއެވެ. މިއީ މިމެޗުގައި ޖެހި ހަމަ އެކަނި ލަނޑެވެ. މެޗު ނިމެން ދިޔަ އިރު، މަރަދޫ ޓީމުން ކުޅުންތެރިން ކުރިއަށް ގޮސް ލަނޑު ޖަހަން ގިނަ މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިބު ހަމާލާއެއް ނުފޮނުވި މެޗު ނިމިގެން ދިޔައެވެ.

މިނަތީޖާއާއި އެކު ފޭދޫ ޓީމުން 3 ޕޮއިންޓު ހޯދައި ގްރޫޕުގެ އެއްވަނަ ވަނީ ވަގުތީ ގޮތުން ހޯދައިފައެވެ. މިގްރޫޕުގައި މި ދެޓީމު ފިޔަވައި ދެން އޮތީ މެދުވަލު އެފްސީއެވެ. މިމުބާރާތުގައި މާދަމާ ކުޅޭނެ ގްރޫޕް އޭގެ އެފްސީ ޒެފިއާރ އާއި ފާހި ސްޕޯޓްސް އެސްސީއެވެ.