ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް، ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެމަގާމަށް އައްޔަން ކުރެއްވީ ގަލޮޅު ފިނިވިލު މުޙައްމަދު ޠަލާލެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑރ. މުއިއްޒުގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނަވައިގެން އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ތަލާލް ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ތަލާލް މިމަގާމަށް އައްޔަން ކުރެއްވުުމުގެ ކުރީން ހުންނެވީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައެވެ. އެހެން ނަމަވެސް ތަލާލް ވަނީ މިއަދު މެންދުރު އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފައެވެ.