ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. އެމަގާމަށް އައްޔަން ކުރެއްވީ ދ.މީދޫ ފެހިގެ ފަޟީލަތުއްޝެއިޚް މުޙައްމަދު ލަޠީފެވެ. މިމަގާމަށް ލަޠީފް އައްޔަން ކުރެއްވީ މިނިސްޓަރ ފެންވަރުގައެވެ.

ޝެއިޚް މުޙައްމަދު ލަޠީފު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިސްލާމީ މަރްކަޒުގެ އިމާމު ކަމުގެ މަގާމު ފުރުއްވާފައެވެ.