ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕިޕީއެމްގެ ކުރީގެ ސެކްރެޓަރީޖެނެރަލް މުހައްމަދު ތަލާލް އެޕާޓީން ވަކިވެ ވަޑައިގެންފިއެވެ. އޭނާއަކީ އެޕާޓީގައި ވަރަށް އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނެއްގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފައެވެ.

ޕީޕީއެމުން ވަކިވެ ވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވީ ރޭގެ ވަގުތެއްގައެވެ. އެހެންނަމަވެސް ސަބަބެއް ވިދާޅެއް ނުވެއެވެ. ތަލާލް ވިދާޅުވީ ސަބަބު ފަހުން ވިދާޅުވެދެއްވާނޭ ކަމަށެވެ. ޕީޕީއެމުން ވަކިވެ ވަޑައިގެންނެވުމަށްފަހު އެހެން ޕާޓީއަކަށް ސޮއިކުރެއްވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ތަލާލަކީ ކުރިން އެތުލެޓިކްސް އެސޯސީއޭޝަންގެ ރައީސެވެ. އެހެންނަމަވެސް ސްޕޯޓްސް ކޮމިޝަނަރަކަށް ވަޑައިގަތުމަށްޓަކައި އިއްޔެ މެންދުރު އޭނާ ވަނީ އެތުލެޓިކްސް އެސޯސީއޭޝަނުގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފައެވެ.