"މިއީ ހެނދުނު ހަޖަމުކުރުމުގެ މަސައްކަތް ފަށަން އެހީތެރިވެދޭ ބުއިމެކެވެ،" ގެނެސްދޭން މިއުޅޭ ބުއިމަކީ އޭގެ ރަހައަށް ބެލުމުގެ ބަދަލުގައި އޭގެ ފައިދާ ދެނެގަނެ، ބޭނުން ހިފުން ރަނގަޅުވެފައި ފައިދާ ބޮޑެވެ. މީގައި ހިމެނެނީ ލުނބޯ އަދި ލޮނުމެދެވެ. އެހެންކަމުން ފުރަތަމަ މިދެބާވަތުން ބަނޑު ފުފި ވައި ހެދުންފަދަކަންކަމަށް އެހީވެދޭ ގޮތް ދެނެގަންނަމާ ހިނގާށެވެ.

ލުނބޯއަކީ މޭގައި ރިއްސުމާއި، ބަނޑުގައި ރިއްސުމާއި، ފަލަވުމާ ދެކޮޅަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ. ހަމައެހެންމެ ލުނބޯ ގޭސް އުފެދުން ހުއްޓުވައިދޭނެއެވެ.

ގޭހުގެ އުނދަގޫވެ ބަނޑު ފުފިފައި ހުންނަނަމަ ލޮނުމެދަކީ އެންޓިވައިރަލް އަދި އެންޓިފަންގަލް ކާނާއެއް ކަމުން އޭގެ ސަބަބުން ހަށިގަނޑަށް ފަސޭހައިން ކާއެއްޗެހި ހަޖަމުކޮށްލަން އެހީތެރިވެދެއެވެ.

ނިއުޓްރިޝަނިސްޓުން ގަބޫލުކުރާ ގޮތުގައި މިއީ ހަޖަމުކުރުން އެންމެ ރަނގަޅު އެއް ބާވަތެވެ.

ކަމާބެހޭ ދިރާސާތައް ކުރާ ނިއުޓްރިޝަނިސްޓުން ބުނާ ގޮތުގައި މިއީ ވަރުގަދަ އެންޓި ބެކްޓީރިއަލް އަދި އެންޓިފަންގަލް ޕްރޮޕަޓީޒްގެ ސަބަބުން ބަނޑުގައި ހުންނަ ނުބައި ބެކްޓީރިއާގެ މިންވަރު ބެލުމަށް އެހީތެރިވެދޭ އަދި ބަނޑުގައި ހުންނަ ޔީސްޓް ގެ މިންވަރު ދަށްކޮށްލުމަށް އެހީތެރިވެދޭ މާއްދާއެއް ކަމަށެވެ.

ބޭނުންވާ ތަކެތި:

  • 3 ލުނބޯ ފޮތިކޮށް ކޮށާފައި (ތޮށްޓާއެކު)
  • 3 ލޮނުމެދު ޗަސްކޮށްފައި
  • ވާޖިން އޮއިލް ފުޅިއެއް 500 އެމްއެލް (މިއަށް ބޭނުންވާނީ ލުނބޯއާއި ލޮނުމެދު އަޅާފައި ހުރި ފުޅީގެ ދެބައިކުޅައެއްބަޔާ ހަމައަށް އޮއިލް އަޅަން)

(ވާޖިން އޮއިލް އަކީ އޮލިވް އޮއިލްއާ ކުޑަ ތަފާތެއް ހުންނަ ތެލެއް، އޮލިވް އޮއިލް ހުންނާނީ ވަރަށް ބޮޑަށް ފިލްޓަރ ކޮށް ފުރާނައި ސާފުކޮށްފަައެވެ، އެކްސްޓްރާ ވާޖިން އޮލިވް އޮއިލްއަކީ އޮރިޖިނަލް، ސީދާ ޒައިތޫނީގެ ތެޔޮ އެއްވެސް ފިލްޓަރކުރުމެއް ސާފުކުރުމެއް ފުރޭނުމެއް ނެތި ހުންނަ ތެލެވެ.)

ލޮނުމެދާއި ލުނބޯ ބިއްލޫރި ފުޅިއަކަށް އަޅާލާށެވެ. 5 ސައިސަމުސާ މާމުއި އެއަށް އަޅާށެވެ. ވާޖިން އޮއިލް، ލުނބޯއާއި ލޮނުމެދު އަޅާފައި ހުރި ފުޅީގެ ދެބައިކުޅަ އެއްބަޔާ ހަމައަށް އަޅާލުމަށްފަހު ރަނގަޅަށް ސަމުސަލަކުން ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އަދި މަތިބަންދުކުރުމަށްފަހު މެރިނޭޓް ވަންދެން 12 ގަޑިއިރު ބަހައްޓާށެވެ.

ދެން ކޮންމެ ދުވަހަކުވެސް ދުވާލަކު ދެފަހަރު ސަމުސަލެއް ބޭނުން ކުރާށެވެ. ރައްކާތެރި ކުރުމަށް ފުރިޖް ކުރެވިދާނެއެވެ. ނޫނީ ރޫމްޓެމެޕްރޭޗަރ ގައިވެސް ބެހެއްޓިދާނެއެވެ. ހޫނުވެއަވީގައި ނުޖެހެންޏާ ރަނގަޅުވާނެއެވެ.

މިއީ ހަޖަމު ކުރުމުގެ މައްސަލައަށާއި ބަނޑުގައި ވައިހެދި ބަނޑު ފުފިފައި ހުރުމަށް ވަަރަށްވެސް ރަނގަޅު ފަރުވާއެކެވެ.

ބަނޑުގައި ވައިހެދި، ބަނޑު ފުފިފައި ހުރުމާއި، ބަނޑުގައި ރިއްސުމާއި، ބަނޑަށް އުނދަގޫވެ މޭބޮޑުކޮށްފައިހުރުމުން ދުރުވުމަށް މިއީ ވަރަށްވެސް ކާމިޔާބު ރަނގަޅު ނަތީޖާ ފެނިފައިވާ ބުއިމެކެވެ. މީގައި ހިމެނޭ ލުނބޯ، ލޮނުމެދު މި ދެބާވަތަކީ ބަނޑުގައި ވައިހެދި، ބަނޑު ފުފިފައި ހުރުމުން ސަލާމަތް ކޮށްދޭ ދެބާވަތެވެ

(މައުލޫމާތު: ހެލްތުލައިން، ޓިޕްސްފޯދަޑެއި)