ލުނބޯ މިއުކަސް (ކަރުގައާއި ހޮޅިތަކުގައި ހެދޭދަވަ) ފިލުވާލައި އެ ވޭން ލުއިކޮށްދޭ ކަމަށް ޒަމާނުއްސުރެ ހޯދިފައިވާ ހޯދުންތަކުން ވަނީ އެނގިފައެވެ. އަދި ހަމައެހެންމެ ލުނބޯގައި ގިނަ އަދަދަކަށް އެކުލެވިގެންވާ ވިޓަމިން ސީ އަކީ ދިފާއީ ބާރު ވަރުގަދަކޮށް، އިންފެކްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ލުނބޯގެ ދައުރު ބޮޑެވެ.

ޒަމާނުއްސުރެ ކެއްސުމާއި ރޯގާއަށް ފަރުވާ ދިނުމަށް ގޭތެރޭގެ ފަރުވާއެއްގެ ގޮތުގައި ފިޔާއަކީ ބޭނުންކުރަމުން އަންނަ ބާވަތެކެވެ. ފިޔާ ޖޫސް ބުއިމަކީ ނުވަތަ އަމިއްލައަށް ފިޔާ ސިރަޕް ހަދައިގެން ބޭނުން ކުރުމުން ކަރުގައި ރިއްސުން ފިލުވައިދޭނެއެވެ. އިންފްލެމޭޝަން އިން ދުރުކޮށްދެއެވެ. އަދި ސަލްފިއުރިކް ކޮމްޕައުންޑްތަކުން މިއުކަސްއާ ދެކޮޅަށް މަސައްކަތްކުރެއެވެ.

ލޮނުމެދުގައި އެންޓި ބެކްޓީރިއާ(ބެކްޓީރިއާ އާދެކޮޅަށް މަސައްކަތްކުރާ)މާއްދާތައް އެކުލެވިގެންވާ އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ. މިއީ ދިފާއީ ބާރު ވަރުގަދަކޮށްދީ، އާދައިގެ ރޯގާއާއި ކަރުގައި ރިއްސުން ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ހަމައެެހެންމެ އިނގުރު ކެއްސުމާއި ކަރުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ވަރަށް ބޮޑު ރޯލެއް ކުޅެދެއެވެ.

  • ފިޔާ ތުނިކޮށް ކޮށާލާށެޗެ. ލުނބޯ ތޮށްޓާއެކު ފޮތިފޮތިކޮށް ކޮށާލާށެވެ.
  • ދެ ލޮނުމެދުވަރަކަށް ޗަސްކޮށްލާށެވެ.
  • އަދި އިނގުރު އިންޗިއެއްހާ އެތިކޮޅެއް ކޮށާލާށެެވެ.
  • މިހުރިހާ އެއްޗެއް ތެއްޔަކަށް އަޅައި ދެޖޯޑު ފެން އަޅާށެވެ.
  • ރަހަ ނުކުންނަ ވަރަށް ކެކުމުން އެ ފެން ތަށްޓަކަށް އަޅާށެވެ.
  • މާމުއި ، ދެސަމުސާ އަޅައިގެން ރަނގަޅަށް ގިރާލާށެވެ.

ހެނދުނު ބޭނުން ކުރާށެވެ. މިއީ ކަޑުގައި ރިއްސުމާއި އަރިދަފުސް ރޯގާއަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. ވަހަކަށް ރަހައަކަށް ބަލާނެ ކަމެއް ނެތްތާއެވެ. ވަހާއި ރަހަ ފިލުވާލެވިދާނެތާއެެވެ.

(މައުލޫމާތު:ހެލްތުލައިން، ހެލްތުޓިޕްސް)