ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވީ އަމިއްލަ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ސަރުކާރުގެ އެފަދަ މަސްއޫލިއްޔަތެއް އަދާ ކުރެއްވުމަށް އުޒުރުވެރިވާތީ ކަމަށް ހަސަން އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވަނީ މިރޭގެ ވަގުތެއްގައި އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފަ އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީގެ މަގާމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ އެމަނިކުފާނު ހުވާ ކުރެއްވި ދުވަހު އެވެ.