ހުޅުމާލެއިން ފުރައިގެން ހދ.ހަނިމާދުއަށް ދަތުރުކުރި ސަފާރީއެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ "ނައިޓިލަސް ވަން" ނަމަކަށް ކިއާ ސަފާރީގައި ރޯވީ ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލުގައި އޮއްވައި ކަމަށާާާއި އޭރުގައި ސަފާރީގައި ތިބި ހަ މީހުން ޑައިވިން ދޯންޏަށް އެރި ކަމަށެެެެވެ.

ރޭ ފަތިހު 3:30 ހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އަލިފާން ގަނޑު ނިއްވަމުން ދަނިކޮށް ކަނޑު އަޑިއަށް ސަފާރީ ގޮސްފައި ވަނީ ހެނދުނު 6:45 ހާއިރު ކަމަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ސަފާރީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.