ދިވެހި ފުލުހުންގެ ޖިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޢަލްއުސްތާޒު މުހައްމަދު ފައިސަލްއެވެ.

އެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 111 ފުލުހުންނެވެ. އެއީ އަންހެން 45 ފުލުހުންނާއި ފިރިހެން 42 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 11 ފުލުހުންނާއި ފިރިހެން 13 ފުލުހުންނެވެ.

ހުވާކުރުމަށްފަހު ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައި ކަމަށް ފުލުހުން ހިދުމަތުުން ވަނީ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި، ހެޑް އޮފް ހިއުމަން ރިސޯސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް އަދި ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.