އަހަރެމެންގެ ސިކުނޑިއަކީ ހަށިގަނޑުގައިވާ އެންމެ ނާޒުކު އަދި އެންމެ ހާއްސަ ގުނަވަނަކީ ސިކުނޑިއެވެ. ސަބަބަކީ އަނިޔާއެއް ފަދަ ކަމެއް ދިމާވިޔަސް ހަށިގަނޑުން ބަދަލު ނުކުރެވޭ ހަމައެކަނި ގުނަވަނަކީ ސިކުނޑިކަމަށް ވުމެވެ. ސިކުނޑިއަށް އަރާމު ދިނުމާއި ހަމަޖެހުން ދިނުމަކީ ދުޅަހެޔޮ އަދި ވިސްނުންތެރި، ކަންކަމަށް ސަމާލުވެވޭ، "ބުއްދިވެރި" މީހަކަށްވެވޭނީވެސް ސިކުޑިއަށް ހަމަޖެހުން ދީގެންނެވެ.
އަހަރެމެންގެ ސިކުނޑި އެންމެ ހަރަކާތްތެރިވަނީ ނިދާފައި އޮތުމުންނެވެ. ސެލްތަކަށް ހަކަތަ ފޯރުކޮށްދޭ އޭޓީޕީ ކެމިކަލްތައް ރޭގަނޑު އިތުރުވާކަން ވެސް ސާބިތުވެފައިވާ ހަގީގަތެކެވެ.
އެކި ގަޑިގަޑީގައި އަހަތެމެންގެ ސިކުނޑީގެ ހަރަކާތްތެރިކަންހުންނާނީ ތަފާތުކޮށެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ސިކުނޑީގެ މަސައްކަތް އަވަސްކަމާއެކު ފުރިހަމަކޮށް މަސައްކަތް ކުރަނީ ހެނދުނުގެ ވަގުތުތަކުގައެވެ. ބޮޑަށް ބުނެވޭނީ ފަތިހު ހޭލުމަކީ އެންމެ ބޮޑަށް ބޭނުންވާ ކަންކަން ހަނދާނުގައި ބެހެއްޓުމަށް ފަސޭހަ ގަޑިއަކީ ހެނދުނުގެ ވަގުތެވެ.
ވަރަށްގިނައިން މާމަމެން މަންމަމެން ބުނެއުޅޭތީ އިވެއެވެ. "ދުވަހުގެ ކުރީކޮޅު ކަންކަން ކުރުމަށް އާދަކުރާށެވެ. ހެނދުނު ހެނދުނާ ކަންކަން ކުރުމަކީ މީހާގެ ކަންނެތްކަން ދުރުކޮށް ހީވާގިކޮށްދޭ ކަމެކެވެ."
އެހެންނަމަވެސް ހެނދުނު ހޭލާ ވަގުތަކީ ސިކުނޑި ކުޑަކޮށް "އަރާމުކޮށްލާ" ވަގުތެވެ. އެހެންނަމަވެސް ކުޑަކުޑަ "ސްޓްރެޗިން"އަކުން ސިކުނޑި ވެސް މޯޅިއަކަށް ދެމިލާފައި އޭގެ މަސައްކަތް ކުރަން ފަށާނެއެވެ.
ހެނދުނު ހޭލުމަށްފަހު އެންމެ ފުރަތަމަ ހޭދަވާ ގަޑިތަކަކީ ސިކުނޑީގެ އެންމެ ހަރަކާތްތެރި ގަޑިތަކަށްވިޔަސް ނަމަވެސް އެންމެ އުފެއްދުންތެރި ގަޑިއަކީ ރޭގަނޑުގެ ވަގުތުތަކެވެ. ހާއްސަކޮށް ނިދާ ގަޑިއެވެ.
ނިދާފައި އޮންނައިރު މުޅި ހަށިގަނޑު އަރާމު ކުރަމުން ދިޔަ ނަމަވެސް ނިދާވަގުތަކީ ސިކުނޑި އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދާ ވަގުތެވެ. މާބޮޑަށް ވަރުބަލިވުމުން ވެސް ސިކުނޑި ހަމަޖައްސާލަން އަހަރުމެން ނިދާލަމެވެ. ނަމަވެސް ނިދާފައި އޮންނަ ވަގުތަކީ ސިކުނޑީގެ މަސައްކަތް އެންމެ ބުރަ ގަޑިއަށް ވުމުން ސިކުނޑިއަށް ވަރުބަލި ފިލުވާނެ ފުރުސަތެއް ނުލިބެއެވެ.
އެހެންކަމުން ދުވަހުގެ ކޮންމެވެސް އެއް ވަގުތުކު އަމިއްލަ ނަފްސަށާއި ސިކުނޑިއަށް ކުޑަނަަމަަވެސް ވަގުތުކޮޅެއް ހޭދަކުރުން ވަރަށް މުހިންމެވެ.
(މައުލޫމާތު: ބުފަރ، މައިޓިޕްސް)