މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު އަންދްރޭ އޮނާނާ އަކީ "ތަފާސްހިސާބުތަކަށް ބަލާއިރު" ޕްރިމިއާ ލީގުގެ ދެވަނައަށް އެންމެ މޮޅު ކީޕަރު ކަމަށް އެކްލަބުގެ ކޯޗު އެރިކް ޓެން ހެގް ބުނީބުނެފި އެވެ.
އޮނާނާއަކީ ޕްރިމިއަރ ލީގުގެ ދެވަނައަށް އެންމެ މޮޅު ކީޕަރު ކަމަށް ޓެން ހާގް ބުނެފައި މިވަނީ، ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ގަލަތަސަރާއީ ދެކޮޅަށް ކުޅެ 3-3 އިން އެއްވަރުވި މެޗުގައި އޮނާނާގެ ފަރާތުން ހެދުނު މިސްޓޭކްތަކުގެ ސަބަބުން އޭނާއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގް އެހެން މެޗުތަކާއި ޕްރިމިއަރ ލީގުގައިވެސް ގިނަ އޮނާނާގެ މިސްޓޭތްތަކުން ގޯލްތައް ވަނީ ވަދެފައެވެ.
“އޮނާނާގެ ކޮލިޓީއަށް ބަލަންޏާ ތަފާސް ހިސާބުތަކަށް ބަލަމާ ހިނގާ. ތަފާސް ހިސާބުތަކުން ދައްކަނީ ޕްރިމިއާ ލީގުގެ ދެވަނައަށް އެންމެ މޮޅު ކީޕަރަކީ އޭނާ (އޮނާނާ) ކަމަށް،” އޮނާނާގެ ދިފާއުގައި ވާހަކަ ދައްކަމުން ޓެން ހެގް ބުންޏެވެ.
ޓެން ހާގް ބުނީ ޔުނައިޓެޑާ ގުޅުމަށްފަހު މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި އޮނާނާ ކުރިއެރުންތަކެއް ހޯދައިފި ކަމަށެވެ. "އެކަމަކު އޭނާވެސް ގަބޫލް ކުރޭ ޗެމްޕިއަންސް ލީގުގައި އޭނާއަށް ގޯސްތަކެއް ހެދިއްޖެކަން. އުއްމީދުކޮށްގެން މިތިބީ ކުރިއަށް އޮތް ތަނުގައި އެގޯސްތައް ތަކުރާރު ނުވާނެ ކަމަށް" ޓެން ހާގް ބުންޏެވެ.